ނިންމުންތައް ނިންމުމަށް އޮންނަ މަރުޙަލާތައް
ކައުންސިލުން ކުރިއަށްގެންދާ ރައްޔިތުންނާ ގުޅުން ހުންނަ ބޮޑެތި މައްސަލަތައް ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައިގެން އެކަންކަމަށް މަޝްވަރާކޮށް ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތެއްނިންމުން.ކައުންސިލުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ކައުންސިލުން ނިންމާ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާހޯދުމަށްފަހު ކުރިއަށްގެންދިއުން.ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ގުޅުންހުރި ސެކްޝަންތަކަށް ފޮނުވުން.ކައުންސިލުން ނިންމާނިންމުންތައް ތަންފީޒުކުރެވޭ މިންވަރުބެލުން.ކޮމިޓީތަކުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ކޮމިޓީތަކުން ނިންމުން