Council Logo
  • ޕްރޮޖެކްޓްތައް
  • އިވެންޓްތައް
  • ރިޕޯޓް
  • ކޮމެޓީތައް
  • ޑައުންލޯޑްސް
  • ގުޅުއްވުމަށް
viber

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ

(+960) 6540056info@maaungoodhoo.gov.mv

Open-Hours: 08:00 to 14:00 (Sunday to Thursday)

All rights reserved 2024

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ

Council Logo
ކައުންސިލަރުންކައުންސިލްގެ ނިންމުންތައްކައުންސިލްގެ އިއުލާންތައް
ފަހުގެ ޙަބަރުނޫސްބަޔާން
އިވެންޓްތައްޕްރޮޖެކްޓްތައްރިޕޯޓްތައްޑައުންލޯޑްސް
(+960) 6540056info@maaungoodhoo.gov.mv
މައުލޫމާތު ސާފު ކުރުމަށް
viber
ހަބަރު
ތާރީޙް
ތާރީޙް

ވެބްސައިޓް އެންމެފަހުން އަދާހަމަ ކުރެވިފައިވަނީ: 21 ޖުލައި 2026 08:53 ގައި

ހަބަރު

ފެބްރުއަރީ 18، 2025

މާއުނގޫދޫ އ.ތ.މ ކޮމެޓީން "އަންހެނުންގެ ދުވަސް" ފާހަގަކުރަނީ

މާއުނގޫދޫ އ.ތ.މ ކޮމެޓީން "އަންހެނުންގެ ދުވަސް" ފާހަގަކުރަނީ

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވަރަށް ޚާއްސަ ހަރަކާތްތަކެއް ރާވައިފިއެވެ. މިގޮތުން މިމަހުގެ 22 ވާ ހޮނިހިރު ދުވަހު ކުޅިވަރު ހަރަކާތްތަކަކާއި އެކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލެވިފައެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގެ އަންހެނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަނބަލުންގެ ހުނަރުވެރިކަން ދައްކުވައިދިނުމެވެ.

ހަރަކާތުގެ ތެރޭގައި ހިމެނޭ ކުޅިވަރުތަކުގެ އިތުރުން، މާއުނގޫދޫ ސްކޫލްގައި ރަށުގެ އަންހެނުންނަށް ޚާއްސަކޮށްގެން ސައިފޮދެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މިފަދަ ހަރަކާތްތައް ބޭއްވުމަކީ ރަށުގެ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެކަނބަލުންގެ ޙައްޤުތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ހަރަކާތްތަކުގައި ރަށުގެ ގިނަ އަންހެނުން ބައިވެރިވެ، ކާމިޔާބު ހަރަކާތްތަކަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ތާރީޙްފެބްރުއަރީ 18، 2025
ތާރީޙްފެބްރުއަރީ 18، 2025